ރަމަޟާން މަސް ފެށުމުގެ ކުރިން ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް ލިބިފައި ނުވާ މުވައްޒަފުން އެކަން އެންގުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީ އިން އެދިއްޖެއެވެ.

Ads by Asuru

އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށެވެ.

ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭ ކަމަށާއި އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ރޯދަ އިނާޔަތް ނުލިބޭ ނަމަ އެ އޮތޯރިޓީގެ ވެބްސައިޓުންނާއި އަދި އެ އޮތޯރިޓީ އަށް ގޮސްގެން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.