ކަދުރަކީ ރޯދަ މަހު މުސްލިމުން އާއްމުކޮށް ކައި އުޅޭ މޭވާއެކެވެ. ރޯދަ ވީއްލާ ވަގުތު ކަދުރަކުން ކެއުން ފެށުމަކީ ސުންނަތެކެވެ.

Ads by Asuru

މިކަމުގެ ފައިދާ ސައިންސްވެރިން ވަނީ ހޯދާފައެވެ. ހުސްބަނޑާހުރެ ދެތިން ކަދުރު ކެއުމަކީ، ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެއްކަން ވަނީ ދެނެގަނެވިފައެވެ.

ކަދުރުން ލިބޭ ބައެއް ފައިދާތައް:

ބަނޑަށް ދިމާވާ އެކިއެކި ކަންކަމާއި ބަނޑުގައި ހެދޭ ފާރުތައް އަދި ގޮހޮރަށް ޖެހޭ ކެންސަރުގެ ބަލި އަދި ބޮޑުކަމު ދިއުމުގައި ދިމާވާ މައްސަލަތަކަށް އެންމެ ރަނގަޅު އެއް ފަރުވާއަކީ ކަދުރެވެ. އެއީ އޭގައި ހިމެނޭ ފައިބާގެ ލެވެލް މަތިވުމުންނެވެ. އެހެންކަމުން ބަނޑަށް އުނދަގޫވެ ބޮޑުކަމު ދިއުމަށް ދަތިވާނަމަ ކަދުރުކޮޅެއް ކާލާށެވެ. ބަނޑަށް ލުއިކަން ލިއްބައިދޭނެއެވެ.

އެނީމިއާގެ ތަފާތު ވައްތަރުތައް ހުރެއެވެ. ނަމަވެސް އެންމެ އާންމު ވައްތަރަކީ ހަށިގަނޑުގައި ހުންނަ އަޔަންގެ ބައި ދައްކޮށް ހިމޯގްލޯބިން ލެވެލް ދައްކުރުވާ ވައްތަރެވެ. ކަދުރަކީ އޭގައި ގިނަ އަދަދަކަށް އަޔަން އާއި ވިޓަމިންސީ ހިމެނޭ މޭވާއެކެވެ. އެ ދެބައި އެއްވުމުގެ ސަބަބުން އެނީމިއާ ޖެހުމުން ސަލާމަތްކޮށްދެއެވެ.

ގިނަ މާބަނޑު އަންހެނުންނަކީ ބަނޑަށް ތަފާތު ކަންކަން ދިމާވާ މީހުންނެވެ. ނަމަވެސް ކުރިންވެސް ބުނިގޮތަށް ތަފާތު ގޮތްގޮތަށް ބަނޑުގައި ރިއްސައި އުނދަގޫވާ ނަމަ ކަދުރު ކެއުމުގެ ސަބަބުން އެ ކަންކަމުން ދުރުކޮށްދޭނެއެވެ. އޭގެ އިތުރުން އަންހެނާގެ ”ޔުޓްރައިން“ގެ ވަށައިގެންވާ މަސްތައް ވަރުގަދަކޮށްދޭނެއެވެ. އޭގެ ސަބަބުން ވިހެއުމުގައި ދަތިކަން ދިމާވާ މީހުންނަށް އެއީ ފަރުވާއެކެވެ.