ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި, އެ ތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

Ads by Asuru
އެމްއެމްއައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައި, 700,000 އަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ މައްސަލައިގައި ހައްޔަރުކުރީ ލ.ގަމަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ.

އިއްޔެ އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅުނު ތަން ބަލައި ފާސްކޮށް 500,000 އަށްވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއްް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވުމުން 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.