މީގެ ކުރިން ފިލްމު ކުޅުނު، އަދި މިހާރު ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، ޖުމްހޫރީ ޕާޓީން ވަކިވާން ނިންމައިފިއެވެ.

Ads by Asuru

އޭނާ 12 އަހަރު ފަހުން، ޖޭޕީ ދޫކޮށްލަން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށެވެ.

ކުރީގެ ފިލްމީ ތަރި، މި ނިންމެވުމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް ވިދާޅުވީ، ވަރަށް އަވަހަށް ޖޭޕީން ވަކިވެވަޑައިގަތުމަށް އެދި ސިޓީ ފޮނުއްވާނެ ކަމަށެވެ. ވަލީދާ ވަނީ ޖޭޕީގެ ވައިބަރ ގްރޫޕްތައް ވެސް އަމިއްލައަށް ދޫކުރައްވައިފައެވެ.

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވަނީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މިއީ ގާސިމް ރިޔާސީ ރޭހަށް ނުކުންނަވާ 3 ވަނަ ފަހަރެވެ.