ކ.ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާ ހިނގީ މިއަދު މެންދުުރު 12:45 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ، މި ހާދިސާ ހިނގީ ތިލަފުށީ އެމްޕީއެލް ސަރަހައްދުގައި ހުރި އިމާރާތެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ 2 ބުރިއަށް ހަދާފައި ހުރި އިމާރާތެއްގައެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯރއަކީ ލަކުޑި ގުދަނެކެވެ. އަދި މަތީބައި ބޭނުން ކުރަނީ އެކޮމޮޑޭޝަން ބްލޮކަކަށެވެ.