ކުޑަކުދިންގެ ސްކޫޓަރެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފިއެވެ.
ވައްކަން ކޮށްގެން ދާ މަންޒަރު ހިމެނޭ ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާ ކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އަދި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުމަށް ފުލުހުން އެދިފައި ވެއެވެ.
ބެލެވޭ ގޮތުގައި ފުލުހުން އާންމުކުރި މި ވީޑިއޯއިން ފެންނަ މީހާގެ އަތުގައި އޮތީ ކުޑަކުދިން ގެންގުޅޭ ސްކޫޓަރެކެވެ. އަދި މި ސްކޫޓަރު އޭގެ އުރަޔާއެކު އޮތުމުން ފިހާރައަކުން އޭނާ ވަގަށް ނެގި އެއްޗެއް ކަމަށް ބެލެވެއެވެ.