ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުޑަތަން ވެފައި ވަނިކޮށް، ކ.ގުޅީގެ ހާއްސަ ހާލަތްތަކުގައި ތިބި ފަރާތްތަކާ ޖެންޑަރ މިނިސްޓަރު ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، މި މަހުގެ 15 ވަނަ ދުވަހު އޮންނާނެއެވެ.

މި އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން އިއްޔެ ވަނީ ގުޅީގެ ހާއްސަ ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލު ކުރައްވައި، އެ ފަރާތްތަކުގެ ހާލަތު ބައްލަވައި، ދިމާވާ ދަތިތައް ވެސް އޮޅުން ފިލުއްވާފައެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، މީގެ ކުރިންވެސް ބައި އިލެކްޝަންތަކާ ދިމާކޮށް ވަޒީރުން ރަށްރަށަށް ދަތުރު ކުރައްވާފައިވެއެވެ.

ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.