ކަނޑުމަސް ނުކަންޏާ ދިވެއްސަކަށް ނުވާނެއޭ ބުނެވޭ ފަދައިން، ކުޅިކޮށް ނުކަންޏާވެސް، ދިވެއްސަކަށް ނުވެއޭ ބުނެވޭ ވަރުވެއެވެ. ކުޅި ރަހައަށް ދިވެހީންގެ ހިތުގައި ހާއްސަ ޖާގައެއް ވަނީ ދެވިފައެވެ.

Ads by Asuru

ބޭރުގެ އެކި ގައުމުތަކުގެ ކެއުންތައް ކޮޕީކޮށް، އެއަށް ދިވެހި ރަހައެއް ގެންނަނަމަ، ކުޅި ކުރުން މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމަކަށް ވަނީ ވެފައެވެ.

މިއޮތީ ކުޅިކޮށް ކާހިތްވާ މީހުންނަށް ވަރަށް ވެސް ރަނގަޅު ހަދިޔާއެކެވެ. ”ޕެޓީޓް ޕާފެކްޝަންސް ބައި މާހް“އިން ވިއްކާ ހޮޓް ސޯސް އަކީ ކުޅި ރަހައަށް ލޯބި ކުރާ ކޮންމެ މީހަކުވެސް އަޖުމަ ބަލައިލުން މުހިންމު އެއްޗެކެވެ.

މި ގިތެޔޮ މިރުސް ސޯސް ފުޅީގެ ލޭބަލްގައި އިންނަ ކުރެހުމުން ފެންނަ، މި އުފެއްދުމުގެ ބާނީ މާހު ބުނީ، އޭނާ މި މަސައްކަތް ފެށީ، ދިވެހި ރަހައެއް ގެނެސްދެވޭނެ ތަފާތު ކަމެއް ކުރުމުގެ ގޮތުން ކަމަށެވެ.

ދިވެހީންނާ މިރުހާ އޮންނަ ގާތް ގުޅުން ފެނި، މާހު އެންމެ ފުރަތަމަ ތައްޔާރު ކުރި ސޯސް، މާކެޓަށް ނެރުމުގެ ކުރިން، ރަހަ ދެއްކީ އާއިލާއާ ގާތް އެކުވެރިންނަށެވެ. އެންމެންގެ ފަރާތުން ވެސް ޕޮޒިޓިވް ކޮމެންޓު ލިބުމުން، މާހު ނިންމީ މިކަން ވިޔަފާރިއެއްގެ ގޮތުގައި ފެށުމަށެވެ.

ނަމަވެސް ބޭނުންވާ ވަރަށް ރަހައަށް ބަދަލު ގެނައުމަށް ފަހުގައި، މާހުއަށް މި އުފެއްދުން މާކެޓަށް ނެރެވުނީ އަހަރެއްހާ ދުވަަސް ފަހުން ކަމަށް އޭނާ ބުނެއެވެ.

 

”ދިވެހީީންނަކީ ކުޅިކޮށް ކާން ލޯބި ކުރާ ބައެއް، ކުޅިކޮށް ކާން ބޭނުންވާ ބައެއް. އެހެންވެ، މީިތި މާކެޓަށް ނެރުނީ.“

މާހު ދިވެހި މިރުހުން ތައްޔާރު ކުރާ މި ސޯސްގެ 500އެމްއެލް ފުޅި، ދެ ކުލައިން ލިބެއެވެ. ފެހި މިރުހުން ހަދާ ސޯސްއާއި ރަތް މިރުހުން ހަދާ ސޯސްއެވެ. ފެހި މިރުސް ސޯސް ފުޅި ތަންކޮޅެއް ކުޅި މަޑުވާނެ ކަމަށާއި، އެންމެ ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅުވާނީ ރަތް މިރުސް ސޯސް ކަމަށް މާހު ބުންޏެވެ.

ޕެޓީޓް ޕާފެކްޝަންސް ބައި މާހްއިން ވިއްކާ އިތުރު އުފެއްދުންތައްވެސް އެބަހުއްޓެވެ. އެގޮތުން ބާބަކިޔުއަށް ހާއްސަ ލޮނުމިރުހާއި، ޑްރައިޑް ޗިލީ ސޯސްއާއި، ފިޝް ޗަންކްސްއާއި، ތެލުލި ރިހާކުރު ފަދަ އުފެއްދުންތައް ހިމެނެއެވެ.

 

މާހު އުފައްދާ ބާބަކިޔުއަށް ހާއްސަ ލޮނު މިރުސް

 

ބިއްލޫރި ފުޅީގައި ބަންދު ކުރާ މި އުފެއްދުންތައް ލިބެނީ 200 ރުފިޔާއެވެ. ޑްރައިޑް ޗިލީ ސޯސް ފިޔަވައެވެ. އޭގެ ސޯސް ފުޅިއެއް 150 ރުފިޔާއަށެވެ. ފަސް ފުޅީގެ ޕެކޭޖު އެއްކޮށް ލިބެނީ 950 ރުފިޔާއަށެވެ. މި އުފެއްދުންތަކަށް އޯޑަރު ކުރުމަށް މާހުގެ ޕޭޖަށް މެސެޖު ކުރެވޭނެއެވެ. ނުވަތަ 9994187އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެއެވެ.

މިރުސް ކާހިތްވާ މީހުންނަށް ދެންވެސް އޮތީ އުފާވެރި ޚަބަރެކެވެ. މާހު ދަނީ އޮރިޖިނަލް ދިވެހި މިރުހުގެ އިތުރު އުފެއްދުންތައް މާކެޓަށް ނެރުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން ހަނާކުރި ގިތެޔޮ މިރުހާއި، ގިތެޔޮ މިރުސް ޕައުޑަރު މިހާރުވެސް އުފައްދަމުން އަންނަ މާހުގެ އުއްމީދަކީ، ކައިރި މުސްތަގްބަލެއްގައި މި ތަކެތި މާކެޓަށް ނެރުމެވެ.