އުރީދޫން ބުނިގޮތުގައި އެ ދުވުމުގައި ބައިވެރިވުމުގެ ވަގުތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މިދިޔަ އަހަރު އުރީދޫ ކަލާ ރަން، ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތަފާތު އެ ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.
އުރީދޫން ބުނީ އެ ދުވުމުގައި ބައިވެރިވާން ބޭނުންނަމަ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ލިންކުން އެކަން ކުރެވޭނެކަމަށެވެ.
ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ.އެވެ. ފަން ކިޓު 200ރ. އަށް ލިބޭއިރު އޭގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ.