ބޭނުންވާނެ ތަކެތި
10 ފޮތި ޕާން
ތިން އަލުވި (ފެނުކައްކާ، ޗަސްކޮށްފައި)
ތިން ފެހި ތޮޅި މިރުސް (ތުނިކޮށް ކޮށާފައި)
އެއް ސައިސަމުސާ ތެޅިމިރުސްް
ލޮނު
ތެޔޮ
ދެ ބިސް
ޕާން ކުނޑި
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބޯތައްޓެއްގައި ޗަސްކޮށްފައިހުރި އަލުވި، ތޮޅި މިރުސް، ތެޅި މިރުސް ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ޕާން ފޮތިތަކުގެ ކައިރި ވަޅިން ނެގުމަށްފަހު ކޮންމެ ޕާން ފޮށްޗެއްގައި ފެންކޮޅެއްލާފައި ރޮށި ދަމާ އެއްޗެއްގެ މަތީގައި ބާއްވާ މަޑުމަޑުން ދަމާލާށެވެ.
ދަމާފައިވާ ޕާން ފޮތި ތެރެއަށް ކުރިން އެއްކުރި އަލުވި އެތިން ސަމުސަލެއްހާ އެތިކޮޅެއް ލާ ފަތުރާލާފައި ޕާން ފޮތި އޮޅާލުމަށްފަހު ކައިރި ބައްދާލާށެވެ. ހުރިހާ ޕާން ފޮއްޗެއް މިހެން ތައްޔާރުކޮށްލާށެވެ.
ވަކިން ދެތައްޓަށް ބިސް އަދި ޕާންކުޑި އަޅާށެވެ. އަދި ކުރިން އަލުވި އަޅާ ތައްޔާރުކުރި ރޯލްސްގެ ތެރެއިން އެކަތި ގިރާފައި ހުރި ބިސް އެޅި ތަށީގެ ތެރެއަށްލާ ރަގަނޅަށް ބިސް ކާތާލާށެވެ.
އަދި ދެން މިރޯލްސް ނަގާ ޕާން ކުޑި އެޅި ތަށި ތެރެއަށްލުމަށްފަހު މުޅި ރޯލްސްގައި ޕާންކުނޑި ހާކާލާށެވެ.
ހުރިހާ ރޯލްސްއެއް މިހެން ތައްޔާރުކޮށްލުމަށްފަހު، ފިނިކޮށްލުމަށް އެއް ގަޑިއިރު ފްރިޖްގައި ބަހައްޓާށެވެ.
ރޯލްސްތައް ފިނިވުމުން ތާހެއްގައި ތެޔޮއަޅާ ހޫނުކުރާށެވެ. އަދި ރޯލްސްތައް ތެއްލާލާށެވެ. މިހުރީ ބްރެޑް ރޯލްސް ތައްޔާރުވެފައެވެ.