ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވޭ
ކޮށާފައިވާ ކެރެޓުގެ އެންމެ ޖޯޑަކުން ވެސް މީހާއަށް ކޮންމެ ދުވަހަކު ބޭނުންވާ ވިޓަމިން އޭ ގެ ބޮޮޑު ބައެއް ލިއްބައިދެއެވެ. ކެރެޓު ކެއުމުން ލޮލަށް ފައިދާވާ ސަބަބަކީ އެއީއެވެ. ލޮލުގެ އިތުރުން ވިޓަމިން އޭ އަކީ ހަށިގަނޑަށް ބޭނުންވާ ޓިޝޫ އުފެއްދުމަށް ވެސް މުހިއްމު މާއްދާއެކެވެ.
ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވޭ
ކެރެޓު ޖޫސް ބޯ ނަމަ އަދި ހާއްސަކޮށް އޭގެ ތެރެއަށް ލުނބޯ ނުވަތަ އޮރެންްޖު ފަދަ މޭވާއެއް އަޅައިގެން ބޯ ނަމަ އޭގެއިން ދުވާލަކު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ލިބޭނެއެވެ. ވިޓަމިން ސީ އަކީ ހަންގަނޑާއި ދަތްތަކާއި ކަށި ވަރުގަދަ ކުރުމަށް ބޭނުންވާ ކޮލާޖެން އުފެއްދުމުގަައި މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެެކެވެ.
ގިިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވޭ
ފައިބާ އަކީ ގޮހޮރުން ފަސޭހަކަމާ އެކު ނަޖިސް ނައްތާލަން އެންމެ މުހިއްމު މާއްދާއެވެ. ކެރެޓަކީ ގިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވާ ތަރުކާރީއެއް ކަމުން އެއީ ހަޖަމުގެ ނިޒާމަށް ވަރަށް ފައިދާ ހުރި ތަރުކާރީއެކެވެ.