”ހަސަން ކުރުސީ“ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުގެ އަސްލު ހޯދައި ދެއްވުމަށް ރައީީސް މުހައްމަދު ނަޝީދު ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައްސަލަ ބަލަން ފަށައިފިއެވެ.

Ads by Asuru

ހަސަން ކުރުސީ އަކީ ކާކުތޯ ބެލުމަށް ފުލުހުންނަށް ރައީސް ނަޝީދު މައްސަލަ ހުށަހަޅުއްވައިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދުގެ އޮފީހުން ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ ރައީސް ނަޝީދުގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި، އެތަކެއް އޮޅުމެއް އަރާ ކަމުގައެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައީސް ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.