މި ހިއްސާ ކޮށްލަނީ ކަދުރުން ތައްޔާރުކޮށްލެވިދާނެ ކޭކެއްގެ ރެސިޕީއެވެ.

Ads by Asuru

ބޭނުންވާނެ ތަކެތި:

250 ގްރާމް ހަކުރު

250 ގްރާމް ފުށް

250 ގްރާމް ކަދުރު ( އޮށް ނަގާފައި، ކޮށާފައި)

2 މޭޒުމަތީ ސަމްސާ މާޖިރިން

1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރ

80 ގްރާމް މޭބިސް ކަނދުރު ( ކުދިކޮށް ކޮށާފައި)

80 ގްރާމް ކަނަމަދު ( ކުދިކޮށް ކޮށާފަައި)

ބައި ޖޯޑު ކިރު ( ފުލް ކްރީމް)

2 ކުކުޅު ބިސް

ދެ ސައިސަމްސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބޭކިން ޕައުޑަރާއި ފުށް އެއްކޮށްގެން ފުރާނައިފައި ވަކިން ބަހައްޓާށެވެ. ދެން އެހެން އެއްޗެއްގައި މާޖިރިން، ހަކުރު އަދި ކުކުޅު ބިސް އެއްކޮށްގެން ގިރާލާށެވެ.އެއަށް ފަހުގައި،  ހަކުރު ވިރެންދެން ގިރުމަށް ފަހު އޭގެ ތެރެއަށް ފުށް އަޅާނީއެވެ.

އެއަށްފަހު ކިރު އަޅައި ރަނގަޅަށް ގިރާލާނީއެވެ. އެއަށްފަހު ފުށްގަނޑު ތެރެއަށް ވެނީލާ އެސެންސް އެޅުމަށް ފަހު ކަދުރާއި، ކަނަމަދުގެ އިތުރުން މޭބިސްކަދުރު އަޅާނީއެވެ.

ދެން އެ ތަކެތި އެޅުމަށް ފަހު ރަނގަޅަށް ގިރާފައި ޓްރޭއަކަށް އެޅުމަށް ފަހު ފިހެލާށެވެ.