އިޖްުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

”އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް“ އިފުތިތާހު ކުރަބް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލްވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ގައުމީ އިޖުތިމާޢީ ރައްކާތެރިކަމުގެ އައު އޮނިގަނޑުގެ ތެރެއިން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް އެކަން އަލުން މުރާޖަޢާކުރުން ކަމަށެވެ.

އަދި، އޭގެ ތެރެއިން އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާޢީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލްއެއް ތަޢާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.