މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ލިސްޓަކީ އެމްޑީޕީން އިންތިހާބުތަކާ ދިމާކޮށް ބޭނުން ކުރާ ހަތިޔާރެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައިވެސް ބޮޑު ހިޔާނާތުގެ ބައިވެރިންގެ އަސްލު ލިސްޓު ހާމަކުރާނެ ވާހަކަ ދެކެވުނެވެ.
އާދަމް ޝަރީފު ވިދާޅުވީ ދެން އެންމެ އަވަހަށް މި ލިސްޓުގެ ވާހަކަ ދައްކާނީ އެމްޑީޕީގެ ކޮންގްރެސް/ޕްރައިމަރީއާ ދިމާކޮށް ކަމަށެވެ.
”ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންްސް ކަމަށް ބުނި މީހުންނަށް ރައްޔިތުން ދިނީ ޒީރޯ.“
MMPRC ge faisaa negi list akee election thakaa gulhuvaigen delete/paste kuraa hathiyaarakah hadhaifi! Dhen emme avahah MMPRC ge list ge vaahaka dhakkan fashaanee MDP ge congress/primary gai kamah belevey! Corruption ah zero tolerance kamah buni meehunnah rayyithun dhenee zero!
— Adam Shareef Umar (@Adamshareefz) May 30, 2022
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި 280 މީހެއްގެ ނަން ހިމެނެެއެވެ. ލިސްޓުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެއެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ލިސްޓުގައި ހިމެނެއެވެ.