ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާ ހުންނެވީ، ސާބިތުކަމާއެކު، ރައީީސް ޔާމީނާ އެކުގައިކަން ސަޕޯޓަރުންނަް‘ ޔަޤީން ކޮށްދެއްވައިފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި މިއާއި ޚިލާފަށް އޭނާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

އަދި ތެދު ދޮގު ނުބަލައި ޚަބަރު ފެތުރުމަކީ ފިތުނަވެރިކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ދެއްވައިފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް އަދި ފަށައިފައެއް ނުވެއެވެ.