ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ އަންނަ މަހުގެ އެއްވަނަ ދުވަހުގައި ރަސްމީކޮށް ހަވާލުކުރަން ނިންމައިފިއެވެ.

Ads by Asuru

ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް ނިންމީ، އެ ޕާޓީން  ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ގާސިމަށް ޓިކެޓް ހަވާލުކުރުމާ އެކީ ޖޭޕީގެ ރިޔާސީ ކެމްޕޭން ވެސް ރަސްމީކޮށް ފެށިގެން ދާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް ނިންމެވި އިރު، އޭނަ 2008 އާއި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވިއެވެ.