ބޭނުންވާނެ ތަކެތި:

1/3 ޖޯޑު ކިރު

Ads by Asuru

2 1/4 ސައިސަމުސާ އީސްޓް

2 މޭޒުމަތީ ސަމުސާ ބަޓަރު

2 ބިސް

5 ޖޯޑު ފުށް

1/2 ޖޯޑު ބަޓަރު

1 ސައިސަމުސާ ލޮނު

ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް 1/3 ޖޯޑު ކިރު އެޅުމަށް ފަހު އޭގެ ތެރެޔަށް އީސްޓް އެއްކޮށް ގިރާލާށެވެ. އެއަށް ފަހު ފަސް މިނެޓް ވަންދެން ބަހައްޓާލާށެވެ.

ބޯތަށްޓެއްގައި ބާކީ ހުރި ކިރާއި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ.

ފަސް މިނެޓު ހަމަވުމުން ކިރާއި އީސްޓް އެއްކުރި ތެލީގެ ތެރެއަށް ފަހުން އެއްކުރި ކިރު ބޯތަށި ވެސް އަޅައި ގިރާލާށެވެ. އޭގެ ތެރެއަށް ބިހާއި ބަޓަރު އަދި ހަކުރާއި ލޮނު އެޅުމަށް ފަހު ހުރިހާ އެއްޗެއް އެއްވަންދެން ގިރާލާށެވެ.

އެންމެ ފަހުން ފުށްކޮޅު އެއްކޮށް ރަނގަޅަށް ގިރައި، ފުށް ގަނޑެއް މޮޑެލާށެވެ. އެއަށް ފަހު މަތި ޖެހޭ ތަށްޓެއްގައި ބަޓަރު ހޭކުމަށްފަހި ފުށް ގަނޑު ލައި މަތި ޖަހައި އެއް ގަޑި އިރު ބަހައްޓާށެވެ. އޭރުން ފުށްގަނޑު ފުފޭނެއެވެ.

އެއް ގަޑިއިރު ހަމަވުމުން ފުށްގަނޑު ނަގައި ޑޯނަޓް ހަދަން ބޭނުންވާ ބޮޑު މިނަށް ގުޅަ ހަދައި މެދުން ލޯވަޅެއް ކެނޑުމަށް ފަހު ތެލުލާށެވެ.

ނުވަތަ އަވަނުން ފިހެލާށެވެ. ޑޯނަޓް ތައްޔާރުވުމުން މައްޗަށް ޗޮކްލެޓް އަޅައި މެދުގައި ކުރީމް ކޮޅެއް ޖަހާލުމުން މީރުވާނެއެވެ.