އުތުރުގެ ރަށެއްގައި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް، އެކި ފަހަރު މަތިން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

އަޕަރ ނޮދާން އޭރިއާ (ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު) ގައި ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ އޭޕްރީލްމަހުގެ 29 ވަނަ ދުވަހުއެވެ.

މައްސަލަ ހުށަހެޅިތާ، ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ރޭ ވިދާޅުވިއެވެ.

މިދިޔަ މަހުގައި ވަނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

އެ މައްސަލައިގައި އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެރޭގައެވެ.