މަސްދަޅު ކޭސް ވިއްކާ އަގު މިފްކޯ އިން ބޮޑުކޮށްފިއެވެ.

Ads by Asuru

ސަރުކާރުގެ މަސް ކުންފުނިން ބުނީ މަސްދަޅު ތައްޔާރުކުރަން ބޭނުންވާ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން މިހާރު މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފައިވާ ކަމަށެވެ.

އަގަށް މި ގެނައި ބަދަލާ އެކު ތެޔޮ މަސް ކޭހެއްގެ އަގު މިހާރު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއް ދެން ލިބޭނީ 715ރ. އަށެވެ.

މީގެ އިތުރުން ވެސް މަސް ދަޅުގެ އެކި ސައިޒުގެ އަގުތައް މަތިކޮށްފައިވެ އެވެ. ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާއެކު އެވްރެޖުކޮށް ވަނީ ތިން ރުފިޔާ ބޮޑުވެފައެވެ.