އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން ހަދާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފިއެވެ.

Ads by Asuru

އެގޮތުން މިއަދު މެންދުރު 12:45 ގައި ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން ރޭ ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީ ތެރެއިން ”ފިކުރެއްގެ ދިރުން“ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާ ސިޔާސި ހަރަކާތްތައް ވަނީ ފައްޓަވާފައެވެ.

އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެމްބަރަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީން ވަކިވެވަޑައިގެންފައެވެ.