މާލޭގައި އެމްޓީސީސީގެ ބަހެއްގައި ރާ ފުޅިތަކެއް އުފުލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

މި މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ވަނީ ޖަހައިފައެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އިންޑިއާގެ ތިން މީހެކެވެ. އެއީ ތަންގާރުޖު، 35، އާއި ޗޯޓޭލާލް، 38، ގެ އިތުރުން ސިވަނަންދަން ޗިންނާ ތަންބީ، 30،އެވެ.

މި ތިން މީހުންގެ އަތުން ޖުމްލަ 23 ފުޅި ރާ ފެނިފައިވެއެވެ.

މި މައްސަލާގައި އެ މީހުން ބަންދަށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހެއްގެ 15 ދުވަސް އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެއެވެ.

މި މީހުންގެ ތެރެއިން ދެ މީހުންނަކީ މޯލްޑިވް ގޭހުގައި މަސައްކަތްކުރާ ބައެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.