ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރު ކުރުމަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖުރިމަނާއެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން )އީސީ(އިން ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2022 އޭޕްރިލް 1 ން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، އެ ޕާޓީ އެއް 10،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ޕާޓީއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ޖުރިމާނާ ކުރަން ފަށާގޮތަށް ވެސް ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަ އަދި ނޭންގި ހުއްޓާ އެހެން ޕާޓިއަކަށް ބަދަލުވާ މައްސަލައަކީ ބޮޑު ވެފައިވާ ކަމެކެވެ.