...
Advertisement
ރެސިޕީ: އޮރެންޖް ލެމަނޭޑް
ބޭނުންވާ ތަކެތި:
  • 1 1/2 ޖޯޑު އޮރެންޖް ޖޫސް
  • 2 މޭޒުމަތީ ސަމްސާ ލުނބޯ ތޮށި (ގާނާފައި)
  • 2 މޭޒުމަތީ ސަމްސާ އޮރެންޖް ތޮށި (ގާނާފައި)
  • 1 3/4 ޖޯޑު ހަކުރު
  • 2 1/2 ޖޯޑު ފެން
  • 1 1/2 ޖޯޑު ލުނބޯ ހުތް
  • 6 ޖޯޑު އައިސް ފެން

ތައްޔާރު ކުރާނެ ގޮތް:

Ads by Asuru

ފުރަތަމަ ތަވައަކަށް ހަކުރާއި 2 1/2 ޖޯޑު ފެން އަޅައި ކައްކަމުން ހަލަމުން ގެންދާށެވެ.

ދެން އޭގެ ތެރެއަށް ލުނބޯ ތޮށި، އޮރެންޖް ތޮށި، ލުނބޯ ހުތް އަދި އޮރެންޖް ޖޫސް އަޅައިލާށެވެ.

އަދި މަތި ޖަހާފައި 1 ގަޑިއިރު ވަންދެން އައިސް އަލަމާރި އަށް ލާފައި ބަހައްޓާށެވެ. ދެން ބިއްލޫރި ތަށި ތަކަށް އެއްވަރަކަށް ފެނާއި އައިސް އަލަމާރި އަށް ލި މޭވާ ސިރަޕް އަޅާލާށެވެ. އަދި އައިސް އަޅައިގެން ބޯލާށެވެ.

Ads by ooredoo maldives