މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަކީ ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ނުދެއްކޭވަރުގެ ލޯނެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ތަކެތީގެ އަގުތައް އުފުލެމުން އަންނާތީ، މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި، މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސަރުކާރު ނުހިނގާ ކަންކަން ބޮއްސުންލާ ބޭއިންސާފު އާންމުވެ އަނިޔާވެރިކަން އަށަގަންނަން ފެށުމުން ސަރުކާރު ވައްޓާލަން ގާނޫނުތައް ހުރަހެއް ނާޅާ ކަމަށެވެ.

އަދި އެމްޑީޕީ އަކީ ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ނުދެއްކޭވަރުގެ ލޯނެއް ކަމަށްވެސް ވިދާޅުވިއެވެ.

ތަކެތީގެ އަގުތައް އުފުލެމުން އަންނައިރު، މިފްކޯއިން ވަނީ މަސްދަޅު ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައެވެ. އެކުންފުނިން މަސްދަޅުގެ އަގު ބޮޑު ކުރީ މަސް ދަޅު އުފައްދަން ބޭނުން ކުރާ ތަކެތި އަގު ބޮޑު ވެއްޖެ ކަމަށް ބުނެއެވެ.