އެމްއާރްއެމަކީ އިސްލާހީ ފިކުރެއް ކަމަށާއި، އެ  ފިކުރެއް ނައްތައި ނުލެވޭނެ ކަމަށް އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ”އިސްލާހަކީ ފިކުރެއް“ ކަމަށެވެ.

އެމްއާރްއެމް އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ އިއްޔެއެވެ.

އެމްއާރްއެމް އުވާލަން ނިންމުމުން، އެ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ، މި މައްސަލައިގައި ކޯޓަށް ދާންވެސް ތައްޔާރު ކަމަށެވެ.

އެ ޕާޓީގެ ނައިބު ރައީީސް އައިމިނަތު ނާދިރާ ވިދާޅުވީ، ޕާޓީ އުވާލަން ނިންމީ ސިޔާސީ މަގްސަދެއްގައި ކަމަށާއި، އުވާލިޔަސް، މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.