ދިވެއްސަކު ގަތް ތެލުލި ފަތް ޕެކެޓަކުން ކުރަތްޕެއް ފެނިއްޖެއެވެ.

Ads by Asuru

ޕެކެޓު ގަތް މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ތެލުލި ފަތް ޕެކެޓު ގަތީ ރަނގަޅަށް ކާލާނަމޭ ހިތާ ކަމަށާއި، އެހެން ފާޑެއްގެ ”ހިކިމަސްކޮޅެއް“ ފެނިގެން ބަލާލިއިރު، އެއީ ”ސުޕަރ ކޮލިޓީ“ގެ ކުރަތްޕެއް ކަމަށެވެ.

އޭނާ ވަނީ ޕެކެޓުގައި އިން ނަމްބަރަށް ޝަކުވާ ކުރަން ގުޅާފައެވެ. ފޯނު ނެގީ ބިދޭސީއެކެވެ.

އެމީހާ ކައިރީ އަހައިގެން، ފަތް ވިއްކި ތަނުގެ ވެރިޔާއަށް ގުޅައި އެ ވާހަކަ ބުނުމުން ވަރަށް މާފަށް އެދުނު ކަމަށް ޕޯސްޓު ކުރި މީހާ ބުންޏެވެ.