ނ.މަނަދޫ، ނައީމާ މޫސާގެ މަރާލި މައްސަލައިގައި މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ފުލުހުން މިރޭ ބުނީ، މި މައްސަލައިގައި މާލެއިން ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި މީގެ ކުރިން، ފުލުހުން ވަނީ އުމުރުން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރު ކޮށްފައެވެ.

ފުލުހުން ވަނީ ނައީމާ މަރައިލަން ބޭނުން ކުރި ދެ ވަޅި ވެސް ހޯދާފައެވެ.

ނައީމާ އަކީ އެކަނި ދިރިއުޅެމުން ދިޔަ މީހެކެވެ.