ބޭނުންވާނެތަކެތި:
މޭޒުމަތީ ސަމުސާ ބޭކިންގް ޕައުޑަރ (ފުށާއި އެއްކޮށް ފުރާނާލާފައި)
2 ޖޯޑު ފުއް
1 މޭޒުމަތީ ސަމުސާ ހަކުރު
4 މޭޒުމަތީ ސަމުސާ ތެޔޮ (ގިތެޔޮ ނުވަތަ ބަޓަރ ބޭނުން ކުރާ ނަމަ 2 މޭޒުމަތީ ސަމުސާ)
¼ ޖޯޑު ފެން (އާދައިގެ ފެން – ކެއްކި ފެން ނުވަތަ އައިސް ފެނެއް ނޫން) ލޮނު 2 ބިސް
ތައްޔާރު ކުރާނޭގޮތް
ފުރާނާފައިހުރި ބޭކިންގް ޕައުޑަރ އާއި ފުށުގެ ތެރެއަށް ލޮނާއި، ހަކުރާއި، ބިސް އަދި ފެން އެޅުމަށްފަހު ފުއްގަނޑު މޮޑެލާށެވެ.
ރަނގަޅަށް މޮޑެވުމުން ތެޔޮ ފޮދެއް (ނުވަތަ ގިތެޔޮ ނޫނީ ބަޓަރ) އެޅުމަށްފަހު އިތުރަށް މޮޑެލާށެވެ.
ރަނގަޅަށް ފުއްގަނޑު މޮޑެވުމުން މައްޗެއް ޖަހައިފާ 20 މިނެޓު ވަންދެން ބަހައްޓާށެވެ.
ގަޑި ހަމަވުމުން އަނެއްކާވެސް ފުއްގަނޑު މޮޑެލާފައި ގުޅަ ޖަހާލާށެވެ. އަދި އެއަށްފަހު ރޮށި ދަމާ ގޮތަށް ދެމޭ އެންމެ ބޮޑުކޮށް ދަމާފައި އޭގެ މަތީގައި ތެޔޮ ފޮދެއް (ނޫނީ ބަޓަރ ނޫނީ ގިތެޔޮ ކޮޅެއް) ހާކާލާށެވެ.
ދެން މެދުގައި ލޯވަޅެއް އަޅާފައި އެތެރެއިން ބޭރަށް ވައްކޮށް އޮޅާލާށެވެ. އަޅާލި ހަދާ ގޮތަށް އޮޅާ ނިމުމުން ބޭނުންވާ ސައިޒަކަށް ފަރާޓާ ދަމާލާށެވެ. އަދި ރޮށި ފިހާ ތަވާގައި ތެޔޮ ފޮދެއް ހޭކުމަށްފަހު ފިހެލާށެވެ.
