އެއްޖިންސުން ގުޅުން ހިންގުން ފަދަ މުންކަރާތްތަކަށް އަރައިގަންނަ މީހުން، ތިމަން މެންނަކީ، މިނިވަން ހިޔާލުގެ މުސްލިމުން ނުވަތަ ”ލިބަރަލް“ މުސްލިމުން ކަމުގައި ބުނެއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން، ޝެއިޚް އާސިމް އަލް ޙަކީމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ލިބަރަލް މުސްލިމުން ނުވަތަ މިނިވަން ފިކުރުގެ މުސްލިމުންނެއް ނުތިބޭނެ ކަމަށާއި، ތިބޭނީ މުސްލިމުންނާއި ޣައިރު މުސްލިމުން ކަމުގައެވެ.

”މީހަކު ކްރިސްޓިއަނުން އުޅޭ ގޮތަށް އުޅުމުން، ބާ އެއް ހުޅުވުމުން، އެއީ އެމީހެއްގެ މިނިވަންކަމޭ ބުނުމަކީ ލިބަރަލިޒްމް އެއް ނޫން، އެއީ ކުފުރު. އީމާންކަން ނެތުން.“

ޝެއިޚް އިތުރަށް ވިދާޅުވީ، ވައްކަމާއި ރޭޕް ކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށްފަހު، އެއީ ތިމާއާ މާތް ރަސްކަލާނގެއާ ދެމެދުވާ ކަންކަމޭ ނުބުނެވޭނެ ކަމަށާއި، މުސްލިމުން އުޅެންވީ ގޮތް، ޤުރުއާނާއި ރަސޫލާ(ސ.އ.ވ)ގެ ސުންނަތުން އެނގެން އޮންނަ ކަމަށެވެ.