”ޓޮޕް މެކަރޫންސް“ އިން މެކަރޫން ރަހަ ބަލައިފިންހެއްޔެވެ؟ މެކަރޫންސް ކާހިތްވާ މީހުން, ”ޓޮޕް މެކަރޫންސް“ގެ އިންސްޓެގްރާމް ޕޭޖު ކޮންމެހެންވެސް ބަލައިލުން ރަނގަޅެވެ.

Ads by Asuru

ޕޭޖު ބަލައިލުމަށް މި ލިންކަށް ވަންނާށެވެ.

ތަފާތު އެކި ފްލޭވަރތަކުގެ، ބަލައިލަން ހިތްގައިމު މި މެކަރޫންތައް ތައްޔާރު ކުރަނީ، 20 އަހަރުގެ ތަޖުރިބާ  ލިބިފައިވާ ޕޭސްޓްރީ ޝެފް، މުހައްމަދު ހަމީދެވެ.

އެކި ވައްތަރުގެ މެކަރޫން ތައްޔާރު ކުރާއިރު، ހަމީދު އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ ކޮލިޓީ ހިފެހެއްޓުމެވެ. އެގޮތުން މެކަރޫން ހަދަން ބޭނުން ކުރާ އެކި ބާވަތްތައް  ބޭރުން ގެންނައިރު، އަގުވެސް، ކޮލިޓީއާ ބަލާފައި ބޮޑު ނުކުރާ ކަމަށް ހަމީދު ބުނެއެވެ.

 

ހަމީދު ”އަސުރަށް“ ބުނީ، އޭނާ މި މަސައްކަތް ފެށީ، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ގޭގައި ހުންނަން ޖެހުމުންނެވެ.

ޕެންޑެމިކް ތެރޭގައި ފެށި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ވަޒީފާގައި އުޅެމުން، ހަމީދު މެކަރޫންސް ތައްޔާރު ކުރަން ވަގުތު ހުސްކުރަނީ އެކަމަށް އޮންނަ ޝައުގުވެރިކަމުގެ ބޮޑު ކަމުންނެވެ. ތަޖުރިބާގެ އަލީގައި، އޭނާ ވަނީ ކަސްޓަމަރުންނަށް ”ލޯކަލް“ ރަހަތަކުގެ މެކަރޫން ވެސް ތައާރަފު ކޮށްފައެވެ.

 

 

ހަމީދު ބުނި ގޮތުގައި، ދިވެހި ރަހަތައް، ކަސްޓަމަރުންނަށް ދޫކޮށްލަނީ، ފުރަތަމަ އެ ފްލޭވަރއެއް ޓެސްޓު ކުރުމަށް ފަހުއެވެ.

ހަމީދު ތައްޔާރު ކުރާ ދިވެހި ރަހަތައް އެކުލެވޭ މެކަރޫންގެ ތެރޭގައި، ކަށިކެޔޮ، ހުނިހަކުރު ކަނަމަދު މެކަރޫން ހިމެނެއެވެ.

 

ޓޮޕް މެކަރޫންސްގެ މެނޫ

ހަމީދު ތައްޔާރު ކުރާ މެކަރޫންސް މެނޫގައި ފަސް ޕެކޭޖެއް ލިބެން ހުރެއެވެ. އެއީ:

 

  1. ލޯކަލް ޕެކޭޖް
  2. ޗޮކްލެޓް ޕެކޭޖް
  3. ނަޓްސް ޕެކޭޖް
  4. ފުރުޓް ޕެކޭޖް
  5. އިންސްޓެންޓް ޕެކޭޭޖް

ޓޮޕް މެކަރޫންސްގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ ހަމީދެވެ. ހުރިހާ އެއްޗެއް ތައްޔާރު ކުރަނީވެސް އަމިއްލަ އަށެވެ. އޭނާއަށް މިކަމުގައި އަނބިމީހާގެ އެހީތެރިކަން ވެސް ލިބެއެވެ. ކަސްޓަމަރުންނާ ހަމައަށް މެކަރޫންސް ގިނަ ފަހަރު ޑެލިވަރ ކޮށްދެނީ ވެސް ހަމީދެވެ.

 

 

ހަމީދު މޮޅީ ހަމައެކަނި މެކަރޫން ތައްޔާރު ކުރާކަށް ނޫނެވެ. ޕޭސްޓްރީގެ އެކި ވައްތަރުތައް އޭނާ ތައްޔާރު ކުރެއެވެ.

ރިސޯޓެއްގައި ޕޭސްޓްރީ ޝެފެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތްކޮށް، ތަޖުރިބާކާރު ހަމީދު، ކަސްޓަމަރުންނާ ހަމައަށް މި ގެނެސްދެނީ ”ވޯލްޑް ކްލާސް“ މެކަރޫންއެވެ.