ބޭނުންވާނެ ތަކެތި:

Ads by Asuru

6 ބިސް

½ 2 މޭޒުމަތީ ސަމުސާ މަޔޮނައިޒް

2 މޭރުމަތީ ސަމުސާ މަސްޓަރޑް

ރަހަލާވަރަށް ލޮނު އަދި މުގުރި އަސޭމިރުސް

ގާނިޝް ކޮށްލުމަށް (ކެރެޓް، އޮލިވް، މިރުސް ކޮޅެއް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ބިސްތައް ކައްކާލުމަށް ބިސް މަތިން އަރާވަރަށް ތެއްޔަކަށް ފެން އަޅައި، އުދާށެވެ. އަދި ގަދަ ގިނީގައި މަތި ޖަހާފައި 10 މިނެޓް ބަހަށްޓާލާށެވެ. ބިސް ކެކުމުން ފިނި ފެން އެއްޗަކަށް ލައިފަ ބެހެއްޓުމަށް ފަހު ފިނިކޮށް ހުއްޓާ ބިހުގެ ތޮށި ފިލުވާލާށެވެ. އެއަށްފަހު ބިސްތަށް ދެފަޅި ކޮށްލުމަށްފަހު ބިހުގެ ގޮބޮޅި ވަކިކޮށްލާށެވެ.

އަދި ބިހުގެ ގޮބޮޅިތަށް އުލެއް ބޭނުންކޮށްގެން ޗިސް ކޮށްލާފައި، މަޔޮނައިޒް، މަސްޓަރޑް، ލޮނާއި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. އަދި އައިސިން ބޭގް އަކަށް އަޅާ (ވަށް ނުޒުލްއެއް) ބޭނުންކޮށްގެން ބިހުގެ ގޮބޮޅި އިންނަ ތަން ފިލް ކޮށްލާށެވެ. އަދި ގާރނިޝް ކޮށްލަން މައްޗަށް މިރުސް، ކެރެޓް އަދި އޮލިވް ފަދަ އެއްޗެއް ލެވިދާށެވެ.