ޗޮކްލެޓަކީ އޭގެ މީރު ރަހައާއިއެކުގައި ހިތަށް ހަމަޖެހުން ގެނުވައިދޭ އެއްޗެއް ކަމަށް ބުނެވެއެވެ.

Ads by Asuru

މޫޑް ރަނގަޅު ކޮށްލުމަށް ވެސް ޗޮކްލެޓުގައި އެކުލެވިގެންވާ ބައެއް މާއްދާތައް އެހީވެދެއެވެ. މިގޮތުން، ޗޮކްލެޓްގައި ހިމެނޭ ”ޓްރިޕްޓޮފަން“ އަކީ، އުފާވެރިކަމުގެ އިހްސާސް ކުރުވައިދޭ ކޮމްޕޯނެންޓެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެންކަމުން މިއީ، ގާާތް މީހަކަށް ދޭން އެންމެ އެކަށީގެންވާ، އަދި ލޯބި ހަދިޔާއަކަށް ނުވެ ނުދާނެއެވެ. ލޯބިވާ ވާހަކަ ބުނެލައި، އުފާވެރި ހަފްލާއެއްގެ ”ފޮނި“ކަން އިހްސާސް ކުރުމަށްޓަކައިވެސް، ކޮންމެވެސް ޗޮކްލެޓެއްގެ މީރު ރަހަ، މުހިންމު ދައުރެއް އަދާ ކޮށްދޭނެވެ.

 

ޗޮކްލެޓް ބުކޭއެއް

ޗޮކްލެޓް ބުކޭއެއް ހޯދާނީ ކިހިނެއް؟

މިކަން އެންމެ ރަނގަޅަށް ކޮށްދެވޭނީ، ”ޗޮކޯބުކޭއެމްވީ“ އިން ޗޮކްލެޓް ބުކޭއެއް ހަދިޔާ ކޮށްލައިގެންނެވެ. ޗޮކޯބުކޭގެ ”ޗޮކްލެޓު ބޮނޑި“ ހަމަ ޔަގީނުންވެސް، މާބޮނޑިއަކަށްވުރެ، ކަމުދާނެ މީހުން ތިބޭނެއެވެ. މަލާއެކީގައިވެސް، އިހްތިޔާރު ކުރާ ޗޮކްލެޓަކާއެކުގައި، ބޭނުން ގޮތަކަށް މި ބުކޭ ހެދިދާނެއެވެ.

 

ޗޮކޯ ބުކޭ އެމްވީގެ ބުކޭއެއް

ޗޮކޯ ބުކޭއެމްވީން ޗޮކްލެޓްގެ އެކި ވައްތަރު ބުކޭ ލިބެން ހުރެއެވެ. ކަސްޓަމަރުންނަށް އިހްތިޔާރު ކުރެވޭނެ ޕެކޭޖުތަކެއް ހުންނައިރު، ކަސްޓަމައިޒް ކޮށްވެސް ބުކޭ ހަދައިދެއެވެ.

 

ޗޮކޯ ބުކޭގެ ޗޮކްލެޓް ބޮކްސްއެއް

 

މި ރަހަމީރު ބުކޭތައް ޕްރީ-އޯޑަރަށް ހޯދޭނެއެވެ. ވަރަށް އަވަހަށް ބޭނުންވެއްޖެނަމަ، ދެ ގަޑިއިރު ތެރޭގައި، 100 ރުފިޔާގެ އިތުރު ފީއަކާއި އެކުގައި ވެސް ބުކޭއެއް ހޯދިދާނެއެވެ.

 

ޗޮކޯބުކޭ އެމްވީގެ ޕެކޭޖުތައް

”ޗޮކޯބުކޭއެމްވީ“ ވުޖޫދަށް އައީ މި އަހަރުއެވެ. މި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި، ޗޮކޯބުކޭއަށް ގިނަ ބައެއްގެ މަގްބޫލުކަން ވަނީ ލިބިފައެވެ. ޗޮކޯބުކޭއެއް އޯޑަރު ކޮށްލުމަށް، މި ލިންކުން، ޗޮކޯބުކޭއެމްވީގެ އިންސްޓެގްރާމް ޕޭޖަށް ވަދެ، މެސެޖު ކޮށްލާށެވެ!