އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

Ads by Asuru

އެ ހޮސްޕިޓަލަށް ހޯދަން އިއުލާންކޮށްފައި ވަނީ 29 ރެޖިސްޓަރޑް ނަރުހުންނެވެ. އެހެންވެ އެ މަގާމުތަކަށް ޝައުގުވެރިވާ ނަރުހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އައިޖީއެމްއެޗުން ބުނީ ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން ކުރިއަށް ގެންދާނީ މި މަހުގެ 18 އިން އަންނަ މަހުގެ 15 އާ ދޭތެރޭ ކަމަށެވެ.

ރަޖިސްޓާޑް ނަރުހުންގެ އަސާސީ މުސާރައަކީ މަހަކު 11،428 ރުފިޔާއެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333ރ.އަދި ޙާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ޙާޒިރުވާ ދުވަހަކަށް 144 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާ ވެސް ލިބޭނެއެވެ.