ހުތް، ކުޅި ރަހައެއް ހުންނަ، ޕާނީ ޕާނީ ޕޫރީއެއްގެ ޖާދޫގައި، ދިވެހީން ވެސް ރަނގަޅަށް ޖެހިފައިވާއިރު، އަވަށްޓެރި އިންޑިއާއިން އުފެދުނު މި ކެއުން، ދިވެހީންވެސް މިހާރު ތައްޔާރު ކުރެއެވެ.
”ސްނެކްއެޓޭކް”ގެ ނަމުގައި އިންސްޓެގްރާމްގައި ހިންގަމުން އަންނަ ޕޭޖަކުން ވިއްކާ ޕާނީ ޕޫރީއަށް، ކަސްޓަމަރުންގެ ލޯބި ލިބެމުން އަންނައިރު، މި ވިޔަފާރިއެއް ފެށިތާ އަދި މާ ގިނަ ދުވަހެއް ވެސް ނުވެއެވެ.
ސްނެކްއެޓޭކްގެ ވެރިފަރާތުން ބުނީ، މި މަސައްކަތް ފެށީ، މި ދިޔަ މަހުގެ 20 ވަނަ ދުވަހުގެ ކަމަށާއި، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބުނު ލޯތްބާއެކު، މިކަމައިގެން ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އޯޑަރު ދޭ ކަސްޓަމަރު އެދޭގޮތަށް ކުޅި ރަހަ ބައްޓަން ކޮށްދޭއިރު، ޕޫރީއަށް އަޅާ ފެންގަނޑުގެވެސް، ދެ ފްލޭވަރއިން ލިބެން ހުރެއެވެ.

ސްނެކްއެޓޭކްގެ ޕާނީޕޫރީގެ އެންމެ ހާއްސަ ކަމަކީ ހެޔޮ އަގެވެ. ޕާނީ ޕޫރީ ވިއްކާ އެހެން ތަންތަނާ އަޅައިކިޔާއިރު، އަގު ހެވެވެ. ޕާނީ ޕޫރީ ކާން ފޯރި ހުންނަ ކޮންމެ މީހަކުވެސް، މި ޕާނީ ޕޫރީ ރަހަ ބަލައިލަން ޖެހެއެވެ.
ސްނެކްއެޓޭކުން މި ޖޫން މަހުގައި ހާއްސަ ގިވްއަވޭއެއްވެސް އެބަ ކުރިއަށް ގެންދެއެވެ. 50 ޕާނީ ޕޫރީ ލިބޭ، މި ގިވްއަވޭގައި ބައިވެރިވުމަށް، ސްނެކްއެޓޭކްގެ ޕޭޖަށް ލައިކް ދީ، ވީކްލީ ގިވްއަވޭ އާ ގުޅޭ ޕޯސްޓަށް ލައިކް ދީ، ޝެއަރ ކުރުމަށްފަހު، ތިން ރައްޓެހިން ޓެގް ކުރާށެވެ. މި ޖޫން މަހުގެ ކޮންމެ ދުވަހެއްގައި، ކޮންމެވެސް އެއް ނަސީބުވެރިއަކަށް 50 ޕާނީ ޕޫރީ ލިބޭނެއެވެ.
