ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިނުގަތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކ،ީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވ،ާ އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ދީމުގްރާތީ އުސޫލުތައް އެކުލެވޭ ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލެވޭ ގަވާއިދެއް ކަމަށެވެ.
އެގޮތުން މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކުރާއިރު ފާހަގަވާ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުއާއި ކައުންސެލް ޖެނެރަލަށް ދީފައިވާ މުސްތަގިއްލުކަން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ”ޤަދަރާއި ޝަރަފް“ އަމީން ޢާންމު ހިފަހައްޓަންޖެހޭ، އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ހާއްސަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެތެރޭގައި މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މިވަގުތަކ،ީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރަކާއ،ި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ވަގުތެއް ކަމަށާއި އެފަދަ މައްސަލައެއް ލިބުމުނ،ް ކަންކަން ހިންގަންޖެހޭނެ އިޖުރާތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއ،ި މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި ”ޤާނޫނީ ލަފައާއި ގާނޫނީ އެހީތެރިކަން“ ފޯރުކޮށްދެވެން އޮތ،ީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށެވެ.
ރައްޔިތުންގެ މަޖލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސ،ް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ޤާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގެއެވެ.“ ނަޝީދު ވިދާޅުވިއެވެ.
