ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް ނެރެފިއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެ ތާރީހަށް 18 އަހަރު ފުރޭ 282،672 މީހުންނަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ލިސްޓަށް މި މަހުގެ 22 ގެ ނިޔަލަށް އޮންނާނެއެވެ.
ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާމީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުން ވެސް ކުރުން މުހިއްމު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ފޮނުވައިގެން ވެސް ޗެކްކޮށްލެވޭނެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ގައުމެއްްގައި ވޯޓްފޮށި ބެހެެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. ނަމަވެސް އެ ގައުމުތަކުގައި ވޯޓްފޮށި ބަހައްޓާނީ ވޯޓްލާން 150 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ.

ނަންއޮތޯ ކިހިނެތްބަލަނީ