ބޭނުންވާނެ ތަކެތި:

7 މިންޓް ލީވްސް

1/2 ލުނބޯ (ތުނި ފޮއްޗަށް ކޮށާފައި،)

1 ފެޝަން ފްރުޓް

350 މލ ސްޕްރައިޓް

ތައްޔާރުކުރާނެ ގޮތް:

މިންޓް ލީވްސް ކޮޅާއި ފެޝަންފްރުޓްކޮޅު އަދި ލުނބޯ ފޮތިތައް ތައްޓަކަށް އަޅާލުމަށްފަހު، ސަމްސަލަކުން މަޑުމަޑުން އެއްކޮށްލާށެވެ. ލުނބޯ ކޮޅުތަކުން ކޮންމެވެސް ވަރަކަށް ދިޔަ ނިކުތުމުން ތަށީގެ 3/4 އަށް ކްރަސްޑް އައިސް އަޅާ ބާކީ ބަޔަށް ސްޕްރައިޓް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލާށެވެ. އެ ހުރީ ފެޝަން ފްރުޓް މޮހިޓޯ ތައްޔާރުކޮށްލެވިފައެވެ.