މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އަށް ނިސްބަތްކޮށް ”ލާދީނީ“އޭ ބުނަނީ ސަބަބަކާ ހުރެ ކަމަށް ޝެއިހު ސައުދާން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު ނުޕޫރު ޝަރްމާ، ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލަ، ދިވެހި ސަރުކާރުން ކުށްވެރި ނުކުރާތީ، އެކަން ކުށްވެރި ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ޝެއިހު ސައުދާން ކުރެެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާތް ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޝަޚްސިއްޔަތާއި ދިމާލަށް ކުޑައިމީސް ބަސް ރައްދު ކުރުމުން އެކަން ކުއްވެރިކޮށް އެއްޗެއް ބުނަން ބޭނުން ނުވުމުން ހާމަވަނީ ތިބާމެންގެ ހުރި ނިފާގުކަން ކަމަށެވެ.
އަދި އެކަލޭގެފާނަށް ފުރައްސާރަ ކުރާއިރު، މުސްލިމަކު ހަނު ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ލާދީނީއޭ ބުނަނީ ސަބަބަކާ ހުރެ!
ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޝަޚްސިއްޔަތާއި ދިމާލަށް ކުޑައިމީސް ބަސް ރައްދު ކުރުމުން އެކަން ކުއްވެރިކޮށް އެއްޗެއް ބުނަން ބޭނުން ނުވުމުން ހާމަވަނީ ތިބާމެންގެ ހުރި ނިފާގުކަމެވެ
ރަސޫލުﷲ ﷺއަށް ފުރައްސާރަ ކުރާއިރު މުސްލިމަކު ހަނު ނުހުންނާނެއެވެ. pic.twitter.com/dkfLkR5UHx
— Abdulla Saudhan 🇵🇸🇲🇻🤲 (@Saudhan) June 6, 2022
ބީޖޭޕީގެ ތަރުޖަމާނު ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި ކުރުން، ގަތަރު ފަދަ އިސްލާމީ ގައުމުތަކުން ކުށްވެރި ކުރަމުން އަންނައިރު، ރާއްޖޭގެ ސަރުކާރުން އެކަމާ ހަނު ހުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިކަމުން އެނގެނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާއިން ”ކޮންޓްރޯލް“ ކުރަމުން އަންނަކަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަނީ ލާދީނީ ބައެއްކަން ކަށަވަރު ދެން އެމީހުން ހޮވަން ވޯޓް ދޭނީވެސް ހަމަ ލާދީނީ ބަޔަކު ކަން ކަށަވަރު.
މަމެން އަންތަރީސް ވެއްޖައީމު. މަޖިލީހުގައި މިތިބަ ބީތާއީން. މި ބައިގަނޑުގެ މައްޗައް ކޯފާއައީމާވެސް ވޯޓުލާނީ ކޯފާ ބޭރުކުރަން ކަންނޭގެދޯ! ރައްޔިތުންނޭ ހޭ އަރާކައްނުވޭތަ! މިސަރުކާރުން ދެން އެންމެ ސިކުންތަކުވެސް ރައްޔިތުންނަށް ރަނގަޅެއްނުވާނެ. މައްސަލަ މަޖިލީހުމް ބޭރުކުރަން ނިންމި މީހުން އެމީހުންގެ އަމިއްލަހަލާކަށް އެއެދެވުނީ.
ޝައިހުންނޭ ކިޔާފަ ތިޔަކަހަލަ ނުބައިވަސް ލަނޑާ ނަޖިހުން ނަށް ޝޭކުން ކިޔަނީވެސް ސަބަބެއް އޮވެގެން.. އެއްލޮލަށް ފެންނަނީ ފާޅުވަނީވެސް ވަކި ހިސާބަކުން.. މިދިޔަ ވެރިކަމުގަ ބެންކޮކު އަންހެނުން ހިލޭ ނުވާ ވާހަކަޔާ ހަލާލު ހަރާން ނުބަލާ ފައިސާ ބޭނުންކުރާ ވާހަކައާ މާތްﷲގެ ދެވަނަ ދަރިންގެ ވާހަކަ އަދި ނޫހުގެފާނުގެ ނައުކޮޅު ދުއްވި އިރު ތިޔަ ސޭކުން ތިބީ ހޮރުގަ ފާޅެއް ނުވޭ..