ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމްގެ ބައްދަލުވުމެއް މިއަދު ސަން އައިލޭންޑްގައި ކުރިއަށް ގެންގޮސްފިއެވެ.
މި ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ނާޒިމާއި، ނައިބު ރައީސް ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ގާސިމާއި ނާޒިމް މިއަދުގެ މި ބައްދަލުވުމަކީ ދެ ބޭފުޅުން ވެސް ރިޔާސީ އިންތިހާބަށް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކުރިއަށްދާ ބައްދަލުވުމެކެވެ.
ގާސިމް މީގެ ކުރިން ވެސް އެހެން ސިޔާސި ޕާޓީތަކުގެ ވެރިންނާ ސަން އައިލޭންޑްގައި ބައްދަލުކުރައްވާފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ.
