އެންމެހާ ނުބައި އަމަލުތައް ހިންގާ ސަރުކާރަކާއެކު ތިބުމަކީ ސަރުކާރަށް ވާގިވެރިވުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ގިމަ ބަޔަކު އެއްޖިންސުން ގުޅުން ހިންގުމުގެ ފާހިޝް އަމަލަށް އަރައިގަންނަމުންދާއިރު، އެކަމަށް އިޝާރާތް ކުރައްވައި، ޖަމީލު ވަނީ ފާޙިޝް އެންމެހާ ނުބައި ޢަމަލުތައް ހިނގާ ސަރުކާރަކާ އެކު ތިބުމަކީ އެފަދަ ކަންމަކަށް ވާގިވެރިވުން ކަމަށާއި، ގައުމު މިހާރު އޮތް ހާލަތުގެ ސަބަބުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ވެރިން އަތުގުޅައިލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް، މިހާރުގެ ހާލަތުން ސަލާމަތްވުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވިއިރު، ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީގެ ދަރިކަލުން އައްފާން ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް ލީކުކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.