ގިނަ ދުވަސްތަކަކަށްފަހު ތުއްތު ކުއްޖަކަށް ކޮވިޑް-19 ބަލި ޖެހި، އެ ބައްޔާއިމެދު ސަމާލުވުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، އަޙްމަދު ފައިޞަލް އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް-19 ޖެހިފައިވަނީ ބޭރުން އައި މީހެއްގެ ފަރާތުން ކަމަށާއި އެކަމަށް ސަމާލުވުމަށް އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައި ފައިޞަލް ވިދާޅުވިއެވެ.

ކޮވިޑް-19 ބަލި ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މި ބަލީގައި ރާއްޖެއިން 315 މީހަކު ނިޔާވިއެވެ.

މި ބަލީގެ އަސަރު ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ރާއްޖޭގައި ވެސް، މި ބަލީގައި ނިޔާވި ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.