އދ.ދިގުރަށުގައި، ވިހެއުމަށްފަހު، ކޮތަޅަކަށްލައި އަމިއްލަ ދަރިފުޅު ކުނިގޮނޑަށް އެއްލައިލައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 9:20 ‏ހާއިރުއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން، އުމުރުން 30 އަހަރުގެ ސްރީލަންކާގެ އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރު ކުރީ އެ ދިގުށުން ފުރަން މާލެ އައިސް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އެ ރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ އަންހެނެއްކަން އެނގިފައިވެއެވެ. އަދި މަރުވި ކުއްޖާގެ ފޫޅުވެސް އޮތީ ނުކަނޑައިކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަން ބެލުމަށް ފުލުހުންގެ ޓީމެއް އަންނަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.