ބޭނުންވާ ތަކެތި:

1 ޕެކެޓް މާރީ ބިސްކޯދު

4 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ

1 ލީޓަރުގެ ފުލް ކްރީމް

2 ސައިސަމްސާ ބަޓަރު

2 ސައިސަމްސާ ކޯންފުލަރ

1 ދަޅު ގެރިކިރު

1 ބިސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބިހާއި ބަޓަރ، ކޮކޯ ޕައުޑަރ، ކޯން ފްލާރ އަދި ގެރިކިރު އެއްކޮށް މިކްސަރުގައި ގިރާލާށެވެ. އަދި ތެއްޔަކަށް ފުލް ކުރީމް އަޅައި ހޫނުވާން ފެށުމުން ކުރިން ކުރިން ގިރާލާފައި ބެހެއްޓި މިކްސްޗަރ ތެއްޔަށް އަޅައި އެއްކޮށްލާށެވެ. އަދި އޮލަވަންދެން މަޑު ގިނީގައި ކައްކާލާށެވެ.

އެއަށް ފަހު ޓްރޭއެއްގެ ފޫ ފޮރުވޭ ވަރަށް މި ކްރީމް އެޅުމަށްފަހު ފަހު ބިސްކޯދުތައް އޭގެ މަތީގައި އަތުރާލާށެވެ. މިގޮތަށް ބިސްކޯދުތައް އަތުރާއިރު ކިރަށްލައި ފޯކުރާކަށް ނުޖެހޭނެއެވެ.

އަދި ކްރީމް ފަށަލަައަކަށް ފަހު ބިސްކޯދު ފަށަލައެއް އަޅަމުން ގެންދާށެވެ. މިހެން ހަދައި ނިމޭއިރު ޓްރޭ މަތީގައި ހުންނަންވާނީ ކްރީމް ފަށަލައެކެވެ.

އަދި ޗޮކްލެޓް ކްރީމްގެ މައްޗަށް ގާނާފައި ހުރި ޗޮކްލެޓް އަޅާށެވެ. އެއަށް ފަހު ހިހޫވުމުން ފިނިކޮށްލާށެވެ.