މިއީ އުމުރުން އެންމެ 14 އަހަރުން ފެށިގެން އިސްތަށިގަނޑު ދިގު ކުރަމުން އަންނަ އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ސްމިތާ ސްރިވަސްތަވާއެވެ.
އޭނާ ވަނީ، އުމުރުން 46 އަހަރުގައި، އެންމެ ދިގު އިސްތަށިގަނޑު ލިބިފައިވާ، ދިރިހުރި މީހާގެ ރިކޯޑު ހަދައި، ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. މި ދިގު އިސްތަށިގަނޑުގައި ހަތް ފޫޓު ނުވަ އިންޑި ހުރެއެވެ.
ސްމިތާ ބުނީ އޭނާއަށް އިސްތަށިގަނޑު ދިގު ކުރަން ހިތްވަރު ލިބުނީ މަންމަގެ ފަރާތުންނާއި، 1980ގެ އަހަރުތަކުގެ ބޮލީވުޑްގެ އަންހެން ފަންނާނުންގެ ރީތި، ދިގު އިސްތަށިގަނޑުތައް ފެނިގެން ކަމަށެވެ.
ސްމިތާ ބުނީ އޭނާ ހަފްތާއަކު ދެ ފަހަރު އިސްތަށިގަނޑު ދޮންނަ ކަމަށެވެ. އަދި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ވެސް އޭނާ ދެކެއެވެ.
