ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކީ ފޮނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މޫސާ ސިރާޖު ކަމަށް އިޢުލާނުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަން އެޕާޓީން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.
މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.
ރިިޔާސީ އިންތިޚާބުގައި މޫސާ ސިރާޖު ތާއީދު ކުރައްވާފައިވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށެވެ.
ޕީއެންސީގެ ކުރީގެ ޕީޖީ ލީޑަރަކީ އިބްރާހީމް ފަޒުލް ރަޝީދެވެ. އޭނާ އަކީ މިހާރު އާބަންކޯގެ މެނޭޖިން ޑައިރެކްޓަރެވެ.
