ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ހޫނު ފެނުން ލިއްބައިދޭ ފައިދާ އަކީ ސިއްރެއް ނޫނެވެ. ހޫނު ފެނާއި ފިނި ފެން ބުއިން ރަނގަޅުވާ، އަދި އެހައި ރަނގަޅު ކަމަކަށް ނުވެދާނެ ސަބަބުތައް ހުރެއެވެ.
ވަރަށް ގަދަޔަށް ކަސްރަތުކޮށްލުމަށްފަހު، އެ ލިބޭ ވަރުބަލިކަމާއި، ހަށިގަނޑަށް އިޙްސާސްވާ ހޫނުކަން ފިލުވައިލުމަށް ފިނިފެން އެހީތެރިވާއިރު، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްލައި، ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ލުއިކޮށްލައި ދެނީ ހޫނު ފެނެވެ.
ހޫނު ފެން ބުއިމަކީ ގިނަ މީހުންނަށް ކަމުދާ ކަމަކަށް ވެފައިވަނީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭތީއެވެ. އާނއެކެވެ. ހޫނު ފެން ބުއިމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ.
މިހެންވަނީ ހޫނު ފެން ބުއިމުގެ ސަބަބުން، ހަށިގަނޑުގެ ”މެޓަބޮލިޒަމް“ އަވަސްކޮށްލައިދޭތީއެވެ. މިކަމާއި ގުޅުންހުރި ލިޔުންތަކުގައިވާ ގޮތުން، ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް ހަލުވިކޮށްލުމަށްޓަކައި، ހޫނު ފެން ބުއިން އެންމެ ބޮޑަށް އެދެވިގެންވަނީ ހެނދުނު ހޭލައިގެންނެވެ.
މި ބުއިމަށް ލުނބޯ އަދި މާމުއި އިތުރުކޮށްލުމަކީ ބަރުދަން ލުއި ކުރުން އަވަސްކުރަން ބޭނުންވާނަމަ، އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ.
މަސްދަރު: އިންޑިއާޓީވީ ނިއުސް
