ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.
ސީއެސްސީގެ މެންބަރު ކަމަށް ހުޅުވައިލައިފައި ވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވީ ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
އާމިރާ، ސީއެސްސީގެ މެންބަރުކަން ކުރެއްވީ ޑިސެމްބަރު 2، 2018 އިން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 އަށެވެ.
ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނެވެ.
އެއީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްއެވެ.
