ކުރިއަށް ހުރި އިންތިޚާބުތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމާ މެދު، ދެ ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ، އެމްޑީޕީގެ އޮފީހުގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން، އެމްޑީޕީން ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދާލަތާއި އެމްޑީޕީ ގުޅިގެން، އިންތިޚާބުތަކަށް ނުކުންނަން މަޝްވަރާ ކުރިއިރު،  އެ ދެ ޕާޓީ ގުޅިގެން ވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަ ކޮށްފައެވެ.