މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވައިފިއެވެ.
މިފްކޯއަށް މިބަދަލު ގެންނެވިކަމް ސަރުކާރުގެ ފަރާތުން ހާމަކުރެއްވީ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެން ކަމަށެވެ.
އެމަނިކުފާނު ވަނީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށްވެސް ނިންމަވައިފައެވެ.
މިފްކޯ ބަނގުރޫޓްވުމާ ހަމައަށް ގޮސްފައި ވަނިކޮށް އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 26، 2016 ގައި ރައީސް ޔާމީންގެ ސަރުކާރުންނެވެ. އޭރު އެ ކުންފުނީގައި 300 މިލިއަން ރުފިޔާގެ ދަރަނި އޮތެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މިފްކޯއަށް ގެނައި ބަދަލާ އެކު އެ ކުންފުނީގައި އޮތީ އެސްޓީއޯގެ
